ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

Thu, 09 May 2024 04:15 PM

View on this article on Khabaru Online

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހަދައިފިއެވެ.



ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައިވާ ގޮތުން ދިިރިއުޅުމަށް ދޫކޮށްފައި ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެއެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) ނުވަތަ 100 ފޫޓު ކަމަށް ބުނެފައިވެއެވެ. އެއީ 10 ބުރީގެ އިމާރާތެއްގެ އެވްރެޖް އުސްމިނެވެ.

ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އަމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ ވެސް 10 ބުރި ކަމަށް އެ އިސްލާހުގައިވެއެވެ.

އަދި މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަަމަށް ބުނެފައިވާއިރު، ބިމުގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.

ވިލިމާލޭގައި ކުރިން އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ.

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އަދި ވިލިމާލޭގެ މަގުތައް ހެދުމަށާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

The post ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި first appeared on Khabaru Online.



More from Khabaru Online