ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

Thu, 09 May 2024 04:02 PM

View on this article on Khabaru Online

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ބައްދަލު ކުރައްވައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މިއަދު ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.



ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ މިއަދު ވަނީ ޖައިޝަންކަރުއާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމަށް ފަހު ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖައިޝަންކަރު އާ ބައްދަލު ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމާ މެދުގައި ވެސް މަޝްވަރާ ކުރެއްވި ކަމުގައި އޭނާ ވިދާޅުވިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

 

 

The post ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި first appeared on Khabaru Online.



More from Khabaru Online